ށ. ފުނަދޫގެ ބޭރުން ދޮށީ ކަނދުފައްޗެއް އަޅައިފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ ކަނދުފަތި އެޅީ ފުނަދޫ އިރު އުތުރުން 11.5 މޭލު ބޭރުގައި ކަމަށެވެ.
އެ ދޮށީ ކަނދުފަތީގެ ނަންބަރަކީ D09D01 އެވެ.
މިނިސްޓްރީން ބުނީ ކަނދުފަތި ގާއިމުކުރުމުގެ ސަބަބުން އެ ސަރަހައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް ވެސް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

