ރާއްޖޭގައި ހަންޓާ ވައިރަސްގެ ކޭސްއެެއް ފެނިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ހެލްތު މިނިސްޓްރީން ދޮގުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ބުނީ، ރާއްޖޭގައި ހަންޓާވައިރަސްގެ ކޭސްއެއް އަދި ރިޕޯޓްކޮށްފައިނުވާ ކަމަށާއި އެ ވައިރަސްއާ ބެހޭ ކަންކަން ކަމާ ބެހޭ އޮތޯރިޓީތަކާ ގުޅިގެން ގާތުން ބަލަމުން އަންނަ ކަމަށެވެ.
”ހަންޓާ ވައިރަސްގެ ނުރައްކާ ރާއްޖެއަަށް ވަރަށް ކުޑަ،“ ހެލްތު މިނިސްޓްރީން ބުންޏެވެ.
ހެލްތު މިނިސްޓްރީން ވަނީ މީޑިއާތަކުން މައިލޫމާތު ފެތުރުމުގައި ރަސްމީ އިދާރާތަކުން ދޭ މައުލޫމާތަށް ބަރޯސާވުމަށް ވެސް އިލްތިމާސްކޮށްފައެވެ.
މި ފަހުން ކްރޫޒް ޝިޕެއްގައި ހަންޓާވައިރަސްގެ ބާވަތެއް ކަމަށްވާ ’އެންޑީސް ވައިރަސް‘ ފެތުރުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އާންމު ސިއްހަތަށް އޮތް ނުރައްކާ ވަޒަންކުރަންވަނީ ފަށާފަައެވެ.

