މާލެ ވޯޓަރ އެންޑް ސްވެރޭޖް ކޮމްޕެނީ ލިމިޓެޑް (އެމްޑަބްލިޔުއެސްސީ) ގެ ޗެއާމަން ޝަމްހޫޒާ އަހުމަދު މަގާމުން ވަކިކޮށްފިއެވެ.

އޭނާ މަގާމުން ވަކިކުރިކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ވަނީ ހާމަކޮށްފައެވެ. ނަމަވެސް ސަބަބެއް ހާމައެއް ނުކުރެއެވެ.

ޝަމްހޫޒާ މަގާމުން ވަކިކޮށްފައިވާއިރު، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ ކުރުމަށް އެކި ކުންފުނިތަކުގެ ބޯޑަށް ސަރުކާރުން އަންނަނީ، ބަދަލުތައް ގެންނަމުންނެވެ.

މިގޮތުން މިދިޔަ މަހުގެ 12 ގައި އެތަނުގެ މެނޭޖިން ޑިރެކްޓަރު ޢަބްދުލްމަތީން މުޙައްމަދު ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އޭގެ ފަހުން މިދިޔަ މަހުގެ 14 ގައި އެމްޑަބްލިޔުއެސްސީގެ އެމްޑީއަކަަށް ސްޓެލްކޯގެ ކުރީގެ އެމްޑީ ހުސެއިން ފަހުމީ ވަނީ އައްޔަންކޮށްފައެވެ.