ސާޅީސް މޭލަށް ވައި ގަދަ ވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓުން ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް މެންދުރު 13:00 އިން ފެށިގެން 19:00 އާއި ހަމައަށެވެ.

އެލާޓުގައި ވަނީ ގަޑިއަކު 19 މޭލާއި 24 މޭލު ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މެޓުން އެ ސަރަހައްދަށް ވައިޓް އެލާޓު ނެރެފައިވާއިރު، މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އިން ވިދާޅުވީ، މެދުރާއްޖެތެރެއާއި އުތުރުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށެވެ.

އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެެހުންވެސް އެކަށީގެންވާ ކަމަށާއި، ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް މެޓުން ބުނެއެވެ.