ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ރައީސް ކަނޑައެޅުއްވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދިވެހި ހައްޖުވެރިންނާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ ދިވެހި ހައްޖުވެރިން ތިބޭ ބަލަދް އައްޠައްޔިބު އަޖިޔާދު ހޮޓެލްގައެވެ.

އަމީރުލްހައްޖު ވަނީ ދިވެހި ހައްޖުވެރިންނާ ބައްދަލު ކުރައްވާ ހާލު އޮޅުންފިލުއްވާފައެވެ.

ހައްޖުވެރިން ހައްޖުގެ މަޝާއިރަށް ނުކުންނާނީ، އާދިއްތަ ދުވަހުގެ ރޭއެވެ.

ރާއްޖެއިން މި އަހަރު ހައްޖަށްދިޔަ ހުރިހާ ހައްޖުވެރިން ވަނީ އުމްރާގެ އަޅުކަން ފުރިހަމަކޮށްފައެވެ.

ހުރިހާ ހައްޖުވެރިން ފުރާފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.