ޅ. ނައިފަރަށް ބަނގުރާ އެތެރެކުރި ޒުވާނަކު ހައްޔަރުކޮށްފިއެވެ.

ނައިފަރު ޕޮލިސް ސްޓޭޝަނާއި ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނެއްގައި އިއްޔެ ހައްޔަރުކުރީ ކ. ކާށިދޫ، ވިލާރަތްލާގޭ އިބްރާހީމް ތިހްނާން ޒަހީން 18އެވެ.

ފުލުހުން ބުނީ އޭނަގެ އަތުން ތިން ފުޅި ބަނގުރާ ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިބްރާހީމް ތިހްނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 10 ދުވަސް ޖަހައިފައެވެ.

އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.