މެދުރާއްޖެތެރޭގެ ރަށެއްގެ އިމާރާތެއްގެ ދެވަނަ ބުރި ވެއްޓުނު ކުޑަކުއްޖާ އަށް ބޭރުފުށުން އަނިޔާއެއް ލިބިފައި ނެތް ކަމަށާއި އޭނާގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން މިއަދު ބުނެފިއެވެ
މި ހާދިސާ ހިނގައިފައި ވަނީ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ބުނެފައި ވަނީ އެ ކުއްޖާ މާލެ ގެންގޮސް، އައިޖީއެމްއެޗްގެ ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ވެއްޓުނު ކުއްޖާ އަކީ 11 އަހަރުގެ ކުޑަކުއްޖެކެވެ. އަދި އެ ހާދިސާ ހިނގީ ކ. ގުރައިދޫގައެވެ.

