ބޭނުންވާ ތަކެތި:

ދޮން ވާން ކައިރިވެފައިވާ ފަޅޮލެއް ( ދިގު މިނުގައި އިންޗިއެއް، އަދި ބޯމިނުގައި ބައި އިންޗި ހުންނަ ވަރަށް ކޮށާފައި)

½ 1 ޖޯޑު ހަކުރު

ރާނބާ ފަތްކޮޅެއް

6 މޭޒުމަތީ ސަމުސާ ފެން

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ތެއްޔަކަށް ހަކުރާއި ރާނބާ ފަތާއި ފެން އަޅައި، މަޑު ގިނީގައި ހަކުރުތައް ވިރެންދެން ގިރަމުން ގެންދާށެވެ. ހަކުރުކޮޅު ދިޔާ ވުމުން، ފަޅޯކޮޅު އަޅާލާ ރަނގަޅަށް އެއްކޮށްލާށެވެ. އަދި ތެއްޔަށް އެޅި ތަކެތި، ދިޔާކަން ކެނޑެންދެން އެއްކޮށްލުމަށްފަހުގައި، ދޭތެރެއަކުން މަތިޖަހާފައި ބަހައްޓައިގެން ކައްކާށެވެ. އަދި ދޭފަތުގައި ފަޅޯތައް ތަތްލާން ފެށުމުން ފަޅޯކޮޅު ނަގާށެވެ.