ރާއްޖެ އިން ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އަށް ކަނޑައެޅި އާ ސަފީރު ތޯރިގު އިބްރާހިމް އޭނަގެ ސަފީރުކަމުގެ ފަތްކޮޅު އެ ގައުމުގެ ސަރުކާރަށް އަރުވައިފިއެވެ.

ފަތްކޮޅާ ހަވާލުވެވަޑައިގަތީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ އަންޑަސެކްރެޓަރީ އުމަރު އުބައިދު އަލްހަސަން އަލްޝާމްސީއެވެ.

ތޯރިގަކީ މި ސަރުކާރުގެ ކުރީގެ ޓޫރިޒަމް މިނިސްޓަރެވެ. އޭނާ މިނިސްޓަރުކަމުން ވަކިކުރީ އެޕްރީލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ފޮރިން މޮނިސްޓްރީގެ އެންބެސެޑާ އެޓް ލާގްގެ މަގާމަށް އައްޔަންކުރިއެވެ.

ޔޫއޭއީގެ ސަފީރުކަމަށް ތޯރިގު އައްޔަންކުރީ މި މަހުގެ 25އެވެ.

ރާއްޖެ އާއި ޔޫއޭއީއާ ދެމެދު ހާރިޖީ ގުޅުން ގާއިމްކުރީ މާޗް 15، 1978 ގައެވެ.