މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ(އެމްއެމްއޭ)ގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 15ގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އެމްއެމްއޭއިން ވަނީ، ބެޗްލާސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޕީއެޗްޑީއަށް ކުރިމަތިލުމަށް ހުޅުވާލާފައެވެ.
ކޯސް ފުރިހަމަ ކުރުމަށްފަހު، 5 އަހަރު ދުވަހުގެ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެެވެ.
އެ އޮތޯރިޓީން ހުޅުވައިލި ސްކޮލަރޝިޕްގެ ފުރުސަތުތަކުގެ ތެރޭގައި، ބެޗްލަރސް އޮފް އެކައުންޓިންގ، ސެލަންގޯރ އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ، މާސްޓަރސް އޮފް ލޯސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ، މާސްޓަރސް އޮފް އިކޮނޮމިކްސް، އިންޓަރނޭޝަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ، ޕީ.އެޗް.ޑީ، އިންސިފް ޔުނިވަރސިޓީ، މެލޭޝިޔާ، ޕީ.އެޗް.ޑީ އިން އިސްލާމިކް ފައިނޭންސް (ކޯސްވަރކް އެންޑް ޑެޒަރޓޭޝަން)، ނުވަތަ ޕީ.އެޗް.ޑީ އިން އިސްލާމިކް ފައިނޭންސް (ރިސާރޗް)، ނުވަތަ ޕީ.އެޗް.ޑީ އިން އެޕްލައިޑް މުއާމަލާތު (އިކޮނޮމިކްސް އެންޑް ފައިނޭންސް) ހިމެނެއެވެ.
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކަށް ޓިއުޝަން ފީއާއި، ޔުނިވަރސިޓީއަށް ދައްކަންޖެހޭ އެހެނިހެން ހަރަދުތައް ލިބޭނެއެވެ.

