އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި، ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދައުވާ އެންޑް ގައިޑެންސް ގުޅިގެން ރާއްޖޭގައި ކުރިއަށްގެންދާ ސިލްސިލާ ދައުރާ ޕްރޮގްރާމް، ރަސްމީކޮށް ފަށައިފިއެވެ.

​މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ބޭއްވުނު ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސައުދީ އަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލަންސީ ޔަޙްޔާ ބިން ހަސަނުލް ގަހްތާނީއެވެ.

މި ޕްރޮގުރާމުގެ ދަންފަޅިތައް މިއަދުވެސް ކުރިއަށްދާނެއެވެ.

​މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި، މިސްކިތްތަކުގެ އިމާމުންގެ އިތުރުން ޒުވާން ހަތީބުންނެވެ.