ތިލަފުށީގައި ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަނެއްގައި 32 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކުފޯހުން އިއްޔެ ތިލަފުށީގައި ވަނީ ހާއްސަ ރެއިޑް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.

މި ރެއިޑުގައި 836 ބިދޭސީން ބަލައި ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ ބިދޭސީން ގާނޫނާއި ގަވާއިދުގެ ތެރެއަށް ވެއްދުމަށާއި ރާއްޖޭގައި އުޅޭ ބިދޭސީންގެ ސައްހަ އަދަދު ދެނެގަތުމަށް މިސަރުކާރުން ވަނީ ”ކުރަނގި“ ނަމުގައި ހާއްސަ އޮޕަރޭޝަނެއް 2024 ވަނަ އަހަރު ކުރިއަށް ގެންގޮސްފައެވެ.