އިސްލާމިކް މިނިސްޓްރީގެ މި އަހަރުގެ ފުރަތަމަ ދައުރާ ޕްރޮގްރާމް ނިންމާލައިފިއެވެ.
މިއީ އެ މިނިސްޓްރީ އާއި ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި އަހަރުގެ ޕްރޮގުރާމު ނިންމުމުގެ ގޮތުން ބޭއްވި ޚައްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
ދައުރާ ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި، މިސްކިތްތަކުގެ އިމާމުންގެ އިތުރުން ޒުވާން ޚަޠީބުންނަށެވެ.

