މެޓުން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ.
އަދި ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ވައިގެ ހާލަތަށް ބަލާއިރު، ކުރިއަށް އޮތް 3 ދުވަހުވެސް ވައި ހުންނާނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައި ކަމަށް މެޓް އޮފީހުން މައުލޫމާތުދެއެވެ.
ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން، ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.
ވިއްސާރަ ކުރި ނަމަވެސް، އެއްވެސް ހިސާބަކަށް މޫސުން އާދަޔާ ހިލާފަށް ގޯސް ނުވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

