ޖަޕާނަށް 7.1 މެގްނިޓިއުޑްގެ ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައިވަނީ ކުމަމޯޓޯ ސިޓީގެ ދެކުނުން އޮންނަ އުކީ ސިޓީގެ 10 ކިލޯމީޓަރު އަޑިއަށެވެ.

ޖަޕާނުގެ ކިޔުޝޫ ރީޖަންގެ ކުމަމޯޓޯއަށް އައި މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައިވާއިރު، އާއްމުން ގޮނޑުދޮށަށް ނުދިޔުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

މި ބިންހެލުމާ ގުޅިގެން އިމާރާތްތަކަށް ނުވަތަ މީހަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓެއް ނެތެވެ.

ނަމަވެސް، މި ބާރު ގަދަ ލޮޅުމާ ގުޅިގެން، ކުމަމޯޓޯގެ 45،000އަށް ވުރެ ގިނަ ގެތަކުން  ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ކަމަށް ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.

(ތަފްސީލު އަންނަނީ….)