ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިން ކްރާފްޓެއް ކ. ގާފަރު ކައިރިއަށް ދިޔަވެ އަޑިއަށް ދިޔުމުގެ ސަބަބުން ދެ މީހަކު ގެެއްލިއްޖެއެވެ.

ފުލުހުން ބުނީ ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ދިޔަވެ ގާފަރު ކައިރިއަށް އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:48 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިބި ކަމަށާއި އޭގެ ތެރެއިން 8 މީހަކު މިހާތަނަށް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި ގެއްލިފައިވާ ބާކީ ދެ މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ. އެހެންވެ، ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.