ސަރުކާރުގެ ޕްލޭންތައް ވަރަށް ބާރަށް ތަންފީޒުވަމުންދާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ އއ. އުކުޅަހުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އިގްތިސާދު ވަރުގަދަކޮށް 2028 ގެ ދެވަނަ ކުއާޓަރާ ހަމައަށް ދާއިރު ހުރިހާ ވައުދެއް ވެސް ފުއްދަވާނެ ކަމަށެވެ.

އެގޮތުން މި ސަރުކާރުގެ ވައުދު ފުއްދުމުގެ ކަންތައްތައް ކުރިއަށްގެންދަނީ އިގްތިސާދުގައި ބުންވަރު ޖައްސައި އިތުރަށް ވަރުގަދަކޮށް، އަދި އާންމު ފަރުދުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، ޒުވާނުންނާއި އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކޮށްދީގެން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ޕްލޭންތައް ވަރަށް ބަރާބަރަށް ތަންފީޒުވަމުންދާ ކަމަށާއި، 2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ދާއިރު ވައުދުތައް ފުއްދުމުގައި ފުރިހަމަ ކާމިޔާބީ ހޯއްދަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

”މި އަހަރުގެ ބާކީ އޮތް މަސައްކަތްތަކުގައި އާއި މިއަހަރުގެ ބާކީ އޮތް މަސްތަކުގައި 2028 ގެ ދެވަނަ ކުއާޓަރާ ހަމައަށް ދާންވާއިރަށް އަޅުގަނޑުގެ ފުރިހަމަ ޔަގީންކަން ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންނަށް ދެން،.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ރަށެއްގެ ވެސް ރައްޔިތުން އެންމެ އެދޭ އަދި އެންމެ އިސްކަންދޭ ކަންކަމަށް ބަލައިގެން މަޝްރޫއުތައް ތަރުތީބުކުރާނެ ކަމަށެވެ.