އއ. އުކުޅަހަށް އިއްޔެ ކުރެއްވި ދަތުރު ނިންމަވާލައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސްއޭއައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައިޑީއައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ.
މި ދަތުރުގެ ތެރެއިން ރައީސް އުކުޅަހޔ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އުކުޅަހުގައި ސަރުކާރުން ގާއިމުކުރި ވޮލީ ކޯޓު ހުޅުވައިދެއްވާ، އުކުޅަހުގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެވެ.
މީގެ އިތުރުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި ރައީސްގެ ދެކަނބަލުން ގަސް ވެސް އިންދެވިއެވެ.
އުކުޅަހު ދަތުރުގެ ތެރެއިން ރޭ އެ ރަށުގައި ޕީއެންސީގެ ޖަގަހަ ޖަލްސާއެއް ވެސް ބާއްވާފައިވެއެވެ.

