ޔޫކޭއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް އަރަން ކައިރިވެފައިވާކަަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެ މިނިސްޓްރީން އާއްމު ކުރި މި މަހުގެ ފަސް ދުވަހާއި ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ ސްޓެޓިސްޓިކްސް އިން ދައްކާގޮތުން އިނގިރޭސިވިލާތުން ރާއްޖެއަށް 99،286 ފަތުރުވެރިން އައިސްފައިވެއެވެ. އެ ގައުމަކީ ރާއްޖެއަށް ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.
ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ފަސް ގައުމަކީ ޗައިނާ، ރަޝިއާ، ޔޫކޭ، އިޓަލީ އަދި ޖަރމަނީއެވެ. ޗައިނ އިން 224،107 ފަތުރުވެރިން އައިސްފައިވާއިރު، ރަޝިއާ އިން 183،969، ޔޫކޭ އިން 99،296، އިޓަލީ އިން 81،144، އަދި ޖަރމަނީ އިން 78.046 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް ފަތުރުވެރިން ގެނައުން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިހާރު ވަނީ، 1.28 މިލިއަނަށް އަަރައިފައެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާކިޔާއިރު، %4.5 ދަށްވުމެކެވެ.

