ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު ތިންހާހަށް އަރައިފިއެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ތިންހާސް މައްސަލައިގައި އާންމުންގެ އަތުން 35,144,703.32 ގެއްލިފައިވެއެވެ.
މި މައްސަލަތަކުގެ ތެރެއިން ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައި ވަނީ 1,196 މައްސަލައިގައެވެ.
އެއީ 13,296,072.51 ރުފިޔާއެވެ. އަދި 279 މައްސަލައެއްގެ ފައިސާ ބައެއް ހޯދިފައިވާ ކަމަށް ވެސް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ސްކޭމް މައްސަލަތަކަށް އާއްމުން ހޭލުންތެރިވުމަށް އިލްތިމާސްކޮށް ފުލުހުން ބުނީ، ސްކޭމް މައްސަލައިގައި ފައިސާ ގެއްލުމަށް ފަހު އެ އަނބުރާ ހޯދުމަކީ ބުރަ މަސައްކަތެއް ކަމަށެވެ.
ބައެއް ހާލަތްތަކުގައި އެ ފައިސާ އެއްކޮށް ގެއްލިދިއުމުގެ ފުރުސަތު އޮތްކަމަށާއި، މި ފަދަ ސްކޭމް މައްސަލަތަކަކަކީ ކުދި ވިޔަފާރިވެރިންގެ އިތުރުން އާންމު ފަރުދުން ރެޔާއިދުވާލު ކުރާ ބުރަ މަސައްކަތުން އެއްކުރާ ފައިސާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

