ބޯކޮށް ވާރޭ ވެހި ގުގުރުރާނެ ކަމަށް ލަފާކޮށް، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މެޓު އޮފީހުން ނެރުނު އެލާޓު ހަވީރު 5:00 އާ ހަމައަށް އިތުރުކޮށްފިއެވެ.
މެޓުން ބުނީ އެލާޓު ނެރެފައިވާ ގަޑިތަކުގައި މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަގެ ކަނޑުތައް ގަދަވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަންނަ ހުކުރު ދުވަހާ ހަމައަށް މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށާއި، ހުރިހާ ފަރާތްތަކުންވެސް ދަތުރު ކުރުމުގައި ސަމާލުވުމަަށް މެޓުން ވަނީ އެދިފައެވެ.

