އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 1.4 މިލިއަނަށް އަރައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ރާއްޖެ އަށް ޖުމްލަ 1،405،082 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައި ވަނީ 1،460،747 ޓޫރިސްޓުންނެވެ.
އެވްރެޖްކޮށް މިހާރު ދުވާލަކު ރާއްޖެ އަށް 6،005 ޓޫރިސްޓުން އަންނަ އިރު، އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާއެވެ.
އެ ގައުމުން މިހާތަނަށް 256،983 ޓޫރިސްޓުން އައިސްފައިވެއެވެ.
ގަދަ ފަހެއްގައި ދެން ހިމެނެނީ ރަޝިއާ (2020،496 ޓޫރިސްޓުން)، އިނގިރޭސިވިލާތް (107،637 ޓޫރިސްޓުން)، އިޓަލީ (90،280 ޓޫރިސްޓުން) އަދި ޖަރުމަން (84،373 ޓޫރިސްޓުން)އެވެ.
ރާއްޖެ އަންނަ ގިނަ ޓޫރިސްޓުން ޗުއްޓީ ހޭދަކުރަނީ ރިސޯޓްގައެވެ.
އެގޮތުން މިހާތަނަށް އައި ޓޫރިސްޓުންގެ ތެރެއިން 1،011،977 ޓޫރިސްޓުން ޗުއްޓީ ހޭދަކުރީ ރިސޯޓްތަކުގަ އެވެ. ގެސްޓުހައުސްތަކުގައި 305،846 ޓޫރިސްޓުން ޗުއްޓީ ހޭދަކޮށްފައިވ އިރު، ހޮޓާތަކުގައި 32،495 ޓޫރިސްޓުން އަދި ސަފާރީތަކުގައި 25،730 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ރާއްޖޭގެ މިހާރުގެ ބެޑް ބެޑް ކެޕޭސިޓީ އަކީ 68،494އެވެ.
ރާއްޖޭގެ މި އަހަރުގެ ޓާގެޓަކީ 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.

