ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އަންހެނަކު ހޯދަން އިއުލާންކޮށްފި އެވެ.

 

ދަފްތަރު ނަންބަރު ދރ 1835/މާލެ، އާޔަތު ޢައްބާސް، 32، އެވެ.

ފުލުހުން ބުނީ އޭނަ ހޯދަން އިއުލާންކުރީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްގެ ތަހުގީގަށް ހާޒިރު ކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައި ނުވާތީ ކަމަށެވެ.

އެހެންވެ ،މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 09:00 އަށް އާޔަތު ފޭސް 2 ގެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވާން އަންގާފައިވެ އެވެ.