ޤުރްއާން މުދައްރިސްކަމުގެ ޑިގްރީ ކޯހާއި، ޤުރްއާން މުދައްރިސްކަމުގެ ޑިޕްލޮމާ ކޯސްތަކުން 113 ދަރިވަރަކު ދަސްވެނިވިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން އިންތިޒާމުކޮށްގެން ޚާއްސަ ދަސްވެނިވުމުގެ ރަސްމިއްޔާތެއް ބޭއްވީ ރޭގައެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ މިނިސްޓަރު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އޭނަ ވަނީ ޤުރުއާނުގެ ތައުލީމީ ދާއިރާއިން ދަރިވަރުން ހާސިލުކުރި އިލްމީ ކާމިޔާބީތަކުގެ އަގުވަޒަން ކުރައްވައިފައެވެ.

ދަސްވެނިވުމުގެ ތެރޭގައި ޤުރުއާން މުދައްރިސްކަމުގެ ޑިގްރީ ކޯހުން 64 ދަރިވަރަކު ދަސްވެނިވެފައިވާއިރު، ޑިޕްލޮމާ ކޯސް ފުރިހަމަކޮށް 49 ދަރިވަރަކު ސަނަދު ހާސިލުކޮށްފައިވެއެވެ.