މާލެތެރެއަށް ބަނގުރާ ސަޕްލައި ކުރާތީ އެކަން ހުއްޓުވަން ފުލުހުން ހިންގި އޮޕަރޭޝަންގައި އަތުލައިގަތް މީހުންގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝް އަށް ނިސްބަތްވާ ތިން މީހުންނެވެ. އެއީ އަލް އަމީން، 34، އާއި ޕޮލިން، 43، ގެ އިތުރުން، އެމްޑީ ރަކިބް ހޮސެން، 25، އެވެ.
މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަމީން އަދި ޕޮލިން 6 ދުވަހަށް އަދި ރަކިބްގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.
ފުލުހުން އެ މީހުން ހައްޔަރުކުރީ މާލޭގައި ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުން ދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ. އެގޮތުން ހ. މާދޫގެ ބަލައިފާސްކޮށް 826 ފުޅި ބަނގުރާ އަތުލައިގަންފައިވެއެވެ.

