ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ އެޕާޓްމެންޓެއްގައި ރޯވެ، އެތަނުގައި ދިރިއުޅުނު މީހުން ވަގުތީ ހިޔާއަށް ބަދަލުކޮށްފިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި އިއްޔެ ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަ މަށެވެ.

އެ ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނު ކުރެވޭ ވަރަށް ގެއްލުންވެފައިވާ އިރު، ގޭތެރޭގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން، އެގޭގައި ދިރިއުޅޭ 4 މީހަކަށް 1 ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި 5 ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސާދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

މި ހާދިސާ އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ނުވެއެވެ.