އޮންލައިންކޮށް ހިންގި 32،000ރ، ގެ ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަ ދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް މި މަހުގެ 13 ގައި ހުށަހެޅި މައްސަލައެއްގައި ޝާމިލުވާ ތިން މީހުން ކަމަށެވެ.

މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަކީ ހ. ވެލަސްފަރުގެ، މާލެ، ޙުސައިން ސާމިރު، 4، އާއި ދަފްތަރު. ނަންބަރު ރސ 6007/މާލެ، މުޙައްމަދު ރީޙާން، 33، ގެ އިތުރުން ޖޯޖެޑްވިލާ ،މާލެ، އަޙްމަދު ސުޖާއު، 46، އެވެ

މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެ ނަމަ ލަސްނުކޮށް ފުލުހުންގެ ޚިދުމަތުގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓް ކުރުމަށް ފުލުހުން އެދެއެވެ.