އެމެރިކާއިން ކޮންމެ އަހަރަކު އިޒްރޭލަށް ދޭ އަހަރީ އެހީ ހުއްޓާލަން ނިންމައިފިއެވެ.

އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، ކޮންމެ އަހަރަކު އެމެރިކާއިން އިޒްރޭލަށް ދޭ 4 ބިލިއަން ޑޮލަރުގެ އެހީ، މި އަހަރަށް ފަހުގައި ހުއްޓާލަން ނިންމާފައިވާ ކަމަށާއި، މި ނިންމުން ނިންމާފައި ވަނީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވެސް މަޝްވަރާ ކުރުމަށް ފަހުގައި ކަމަށެވެ.

އެހެން އެއްވެސް ބަޔަކަށްވުރެ ބޮޑަށް އިޒްރޭލަށް އެހީވަނީ އެމެރިކާއިންކަން ފާހަގަކޮށް ޓްރަމްޕް ބުނީ މިހާރު އިޒްރޭލަށް އެ އެހީ ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެ ފަންޑު ބޭނުންވާނަމަ، އަދިވެސް ކުރިއަށް ގެެންދެވޭނެ ކަަމަށް ވެސް އޭނާ ބުންޏެވެ.

އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ އެއް ގައުމަކީ އެމެރިކާއެވެ. އެމެރިކާއިން އިޒްރޭލަށް 3.8 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން އަންނައިރު، މިއީ އިޒްރޭލުން ހިންގާ ގަތުލުއާއްމުތަކުގައި އެމެރިކާއިން ފާޅުގައި ބައިވެރިވުން ކަމުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ.