ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މާލޭގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަންގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
އައިމަން ހައްޔަރުކުރީ މި މަހުގެ 3 ވަނަ ދުވަހުއެވެ. އޭނާގެ ބަންދު މުއްދަތުޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެއެވެ.
އައިމަންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި ފުލުހުން ކުރިން ބުނެފައި ވަނީ މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށާއި އަދި ޕީޖީ އޮފީހާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

