ތަފާތު އެކި ވައްތަރުގެ ރަހަތަކުގެ ކާއެއްޗެހި ހަދައިގެން ވިއްކުމަކީ ގިނަ އަންހެނުން އާމްދަނީ ހޯދަން މިހާރު ކުރަމުން އަންނަ ކަމެކެވެ. އިންސްޓެގްރާމް ނުވަތަ ފޭސްބުކް ނޫންނަމަ، ފިހާރަތައް ހުޅުވައިގެން ވިޔަސް، ބޭރުގެ އެކި ކަރަކަރައިން ދިވެހީންނާ ހަމައަށް އަންނަ އެކި ބާވަތްތަކުގެ ކެއުން ތައްޔާރު ކުރުމަށް ދިވެހި އަންހެނުން މިހާރު ނިކަން ފަރިތައެވެ.
”ކްރިއޭޓިވް ޕްރޮޑަކްޓްސް“ގެ ވެރިޔާ ގދ.ގައްދޫ، މަރިޔަމް ނާޝިދާ(ނައްޓު) އަކީ ކޭކު އެޅުމާއި، އެކި ވައްތަރުގެ ޕޭސްޓްރީ ތައްޔާރު ކުރަމުން އަންނަ ހުނަރުވެރިއެކެވެ. ތަފާތު އެކި ރަހަަތަކުގެ ކޭކު އަޅަމުން އަންނަތާ 10 އަހަރުވީއިރު، ނައްޓު މިހާރު ކުރަމުން އަންނަ އެންމެ މުހިންމު މަސައްކަތަކީ އޭނާގެ ހުނަރު އެހެން މީހުންނަށް އުނގަންނައިދިނުމެވެ.

މިއީ ގޭގައި އިނދެގެން އާމްދަނީ ހޯދަން ބޭނުންވާ ކަނބަލުން ދަސްކުރަން ވަަރަށް ރަނގަޅު މަސައްކަތެކެވެ. ޔޫޓިއުބުން ވީޑިއޯ ބަލައިގެން، އަމިއްލައަށް ދަސް ކުރުމަކީ ކޮންމެ މީހަކަށް އަދި ފަސޭހަ ކަމަކަށް ނުވެދާނެއެވެ. އެފަދަ ފަރާތްތަކަށް މިއޮތީ ވަރަށް ރަނގަޅު ފުރުސަތެކެވެ. މި މަހުގެ 23ވާ ހޯމަ ދުވަހު، ނައްޓު އަނެއްކާވެސް މާލޭގައި ކޭކު ކޯސް ހިންގަން ފަށާނެއެވެ.

މިފަހަރުގެ ކޯހުގައި އޮންލައިންކޮށްވެސް، އަދި ކްލާހަށް ގޮސްގެންވެސް ބައިވެރިވެވޭނެއެވެ. އޮންލައިންކޮށް ނަމަ، ފީ އަކީ އެންމެ 700 ރުފިޔާއެވެ.
ކްލާހަށް ގޮސްގެން ބައިވެރިވާނަމަ، ދަސް ކުރަން ބޭނުންވާ ހުރިހާ ތަކެއްޗެއް ފޯރުކޮށްދޭނެއެވެ. އެހެންވެ، ފީ އަކީ 1،500 ރުފިޔާއެވެ. މި ކޯހުގެ މުއްދަތަކީ ފަސް ދުވަހެވެ.
އަލަށް ކޭކު އަޅަން ދަސްކުރަން ބޭނުންވާ ނުވަތަ ކޭކު އެޅުމުގެ ފަންނު ކުރިއަރުވަން ބޭނުންވާ ފަރާތަކަށްވެސް މިއީ ރަނުގެ ފުރުސަތަކަށް ވާނެއެވެ.

ނައްޓު ބުނީ، ހޯމަ ދުވަހު ފަށާ ކޯހުގައި ނަންހުސްކޮށް، އެކި ރަހަތަކުގެ ކޭކުތައް އަޅަން ދަސްކޮށްދެވޭނެ ކަަމަށެވެ.
ތިރީގައިވާ ތަސްވީރުން އެ ފެންނަނީ ކޯހުގައި ކިޔަވައިދޭނެ ”ފްލޭވަރ“ ތަކެވެ. ކަށިކެޔޮ ކޭކުން ފެށިގެން، އޯރިއޯ ކޭކު ފަދަ ތަފާތު އެތައް ރަހައެއްގެ ކޭކު އަޅަން މި ކޯހުގެ ބައިވެރިންނަށް ދަސް ކުރެވޭނެއެވެ.

ނައްޓު ކޭކު އަޅަން އުނގަންނައިދެނީ މާލޭގައި އެކަންޏެއް ނޫނެވެ. އޭނާ އަންނަނީ މި މަސައްކަތަށް އެތައް ވަގިުތެއް ހުސްކޮށް، އަތޮޅު ތެރޭގެ ރައްޔިތުންނަށްވެސް ކޯސްތައް ހިންގަމުންނެވެ.
ރަށްރަށުގެ ޑަބްލިޔުޑީސީތަކާ ގުޅިގެން ކޯސްތައް ހިންގަމުން އަންނައިރު، ބައިވެރިންގެ ފަރާތުން ވަރަށް ”ޕޮޒިޓިވް“ ކޮމެންޓްސް ލިިބޭ ކަމަށް ނައްޓު ބުނެއެވެ. އޭނާ ބުނީ މިހާތަނަށް 6 އަތޮޅެއްގައި، ގިނަ ރަށްތަކެއްގައި ކޯސްތައް ހިންގިފައިވާ ކަަމަށެވެ.
ނައްޓު ”އަސުރު އޮންލައިން“އަށް ބުނި ގޮތުގައި، ކޭކު އެޅުމަށްވުރެ ބޮޑެ، މިހާރު އޭނާގެ ވިސްނުން ހުރީ މި މަސައްކަތް ގިނަ ބަޔަކަށް ދަސްކޮށްދިނުމަށެވެ. ނަމަވެސް އަމިއްލަ ކޭކު ފިހާރައެއް ހުޅުވައި، އޭނާގެ ރަހަތައް އެހެން މީހުންނާ ހަމައަށް ފޯރުކޮށްދިނުމަކީވެސް ދެކޭ ފޮނި ހުވަފެނެއް ކަމަށް ނައްޓު ބުނެއެވެ. އަސުރުން އެދެނީ ނައްޓުގެ މަސައްކަތުގައު ފުރިހަމަ ކާމިޔާބީ ލިބުމެވެ.
ކޭކު އަޅަން ދަސްވުމަކީ އެކަމުގެ ފައިދާ ހަމައެކަނި ތިބާއާ، ގާތް ރައްޓެހިންނަށް އެކަނި ކުރާނެ ކަމެއް ނޫނެެވެ. މި ހުނަރު ދަސްކޮށް، ގޭގައި އަމިއްލަ ވިޔަފާރިއެއްވެސް ފެށިދާނެއެވެ. ނައްޓުގެ ކޭކު ކޯހުގައި ބައިވެރިވުމަށް 7910890އަށް އަވަހަށް ގުޅާ މައުލޫމާތު ހޯދާށެވެ.
