ޔޫކްރެއިންއަށް ދިމާވެފައިވާ މައްސަލައިގެ އަސަރު މުޅި ދުނިޔެއަށްވެސް ކުރާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.
ޖަޕާނުގައި ބާއްވައި ކުއަޑުގެ ގައުމުތަކުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބައިޑަން ވިދާޅުވީ ރަޝިއާއިން ޔޫކްރެއިންއަށް ދެމުން އަންނަ ހަމަލާތަކުން، ބައިނަލްއަގްވާމީ ހަމަތަކާއި މިނިވަންކަމާއި ސިޔާދަތުގެ މުޙިއްމުކަން ދައްކުވައިދީފިކަމަށެވެ.
ބައިޑެންގެ ވާހަކަފުޅުގައި އެއްވިސްނުންތަކެއް ގެންގުޅޭ ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަންވެސް ވަނީ ފާހަގަކުރައްވައިފައެވެ.
ކުއަޑުގެ ބައްދަލުވުމުގައި ބައިޑަންގެ އިތުރުން ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝީޑާއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އޮސްޓުރޭލިޔާގެ ބޮޑުވަޒީރު އެންތޮނީ އަލްބާނީސްވަނީ ބައިވެރިވެވަޑައިގެންފައެވެ.
ޔޫކްރެއިނަށް ރަޝިޔާއިން ހަމަލާދޭން ފެށުމުން އެ ޤައުމާ ދެކޮޅަށް އެމެރިކާއިން އިސްވެ އަޅާފައިވާ ހަރުކަށި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް ނުފޫޒުގަދަ ޤައުމުތަކުން ވަނީ ތަންފީޒު ކުރަން ފަށައިފައެވެެ.
