އޮރެންޖުގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ ނިއުޓްރިއެންޓަކީ، ވިޓަމިން ސީއެވެ. މިއީ ލޮލުގެ ދުޅަހެޔޮކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ވިޓަމިންއެކެވެ.
އޮރެންޖުން ތައްޔާރު ކޮށްލެވޭ ޖޫހަކީ އޭގައި އެތައް ފައިދާއެއް އެކުލެވިގެންވާ ބުއިމަކަށްވާއިރު، މި ލިޔުމުގައި މި ހިއްސާކޮށްލަނީ އެ ބުއިމުން ލިބިގެންދާނެ ބައެއް ފައިދާއެވެ.
އޮރެންޖު ޖޫހުގެ ފައިދާ
ކެލޮރީސް:
އޮރެންޖު ޖޫހުގައި ގިނަ އަދަދަކަށް ކެލޮރީސް އެކުލެވިގެން ވެއެވެ. އެގޮތުން ބައި ޖޯޑުގެ އޮރެންޖު ޖޫހުގައި 60 ވަރަކަށް ކެލޮރީސް ހެމެނެއެވެ.
ފެޓް ނުވަތަ ކޮލެސްޓްރޯލް:
އޮރެންޖު ޖޫހުގައި އެއްވެސް މިންވަރަކަށް ކޮލެސްޓްރޯ އަދި ފެޓް ވެސް އެކުލެވުގެން ނުވެއެވެ.
ވިޓަމިން ސީ އަދި ވިޓަމިން އޭ:
ކުރިންވެސް ފާހަގަ ކުރި ފަދައިން އޮރެންޖަކީ ވިޓަމިން ސީ އިން މުއްސަނދި ވެފައިވާ މޭވާ އެކެވެ. ހަމައެހެންމެ ވިޓަމިން އޭ ވެސް އެ މޭވާގައި ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. އެހެންކަމުން އޮރެންޖުގެ ޖޫހަކީ، ވިޓަމިންސީ އިންނާއި ވިޓަމިން އީ އިން މުއްސަނދި ވެފައިވާ ޖޫހެކެވެ.
ކެލްސިއަމް އާއި އެހެނިހެން ނިއުޓްރިއެންޓްސް:
ހަށިގަނޑަށް ވަރަށް މުހިއްމު މާއްދާއެއް ކަމަށްވާ، ކެލްސިއަމްވެސް އޮރެންޖު ޖޫހުގައި އެކުލެވިގެން ވެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކޮންމެހެން މުހިއްމު މިނެރަލްސްތައް ކަމަށްވާ މެގްނީސިއަމް، ފޮލޭޓު އަދި ޕޮޓޭސިއަމް ވެސް އޮރެންޖު ޖޫހުގައި އެކުލެވެއެވެ. ހަމައެހެންމެ، އާދަކޮށް ކޮންމެ ދުވަހަކުވެސް އޮރެންޖު ޖޫސް ބޭނުން ކުރާ ނަމަ، ކިޑުނީގައި ހިލަ އުފެދުމުން ރައްކާތެރިކޮށްދޭނެ އެވެ.
