މި އަހަރުގެ ފިތުރު އީދު، ނުވަތަ އަޟްހާ އީދަށް ވެރިރަށް މާލޭގެ މަގުތައް ޒީނަތްތެރި ކުރަން މާލެ ސިޓީ ކައުންސިލުން ރާވައިފިއެވެ.
މާލެ ސިޓީގެ މޭޔަރު، އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ.މުހައްމަދު މުއިއްޒު މިކަން ހާމަ ކުރެއްވީ، ޕީޕީއެމްގެ ސެނެޓަރ ޒާހިދު ރަމީޒު ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ. ރަމަޟާން މަހަށް ބޭރުގެ ގައުމެއްގެ މަގުތައް ޒީނަތްތެރި ކޮށްފައިވާ މަންޒަރު ފެންނަ ދެ ތަސްވީރު ހިއްސާ ކުރައްވައި އޭނާ ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއްގައި އެފަދަ ކަންކަން ކުރެވޭތޯ މަސައްކަތް ކުރާނެ ކަމަށާއި، ރޯދައާއި އީދު ފަދަ މުނާސަބަތުތަކާ ގުޅުވައި، އެކަހަލަ ކަންކަން ކުރަން ސަޅިވާނެ ކަމަށެވެ.
PPM verikamehgai mikahala kan kan aalaa kurehveytho massakaiy kuraanan. Roadhamas adhi Eid dhuvas mihen kula gadhakoh faahanga kurun varah salhi vaane. Long term ga tourism ah ves. 🤩 https://t.co/aFhfd8zIb3
— Zahid Rameez (@xahidcreator) March 19, 2023
ޒާހިދުގެ ޓްވީޓަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން، މިކަން ރާވައިފައިވާ ކަމަށާއި، މަޖީދީ މަގާއި، ރިންގު ރޯޑާއި ޖުމްހޫރީ މައިދާން ރޯދައަށް ޒީނަތްތެރި ކުރަން ކުރިން އޮތީ ރާވައިފައި ކަމަށެވެ.
އަދި މިހާރު އުއްމީދު ކުރަނީ ކުޑަ އީދު ނުވަތަ ބޮޑު އީދަށް މަގުތައް ރީތި ކުރަން ކަމަށާއި، އެކަން މިހާރު އޮތީ ޕްރޮކިއުމަންޓް ސްޓޭޖުގައި ކަމަށްވެސް ވިދާޅުވިއެވެ.
މާލެ ސިޓީ އަކީ ”ޗާލު“ ސިޓީ އަކަށް ހެދުމަކީ، ސިޓީ ކައުންސިލްގެ ފަސް އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ މުހިންމު ލަނޑުދަނޑިއެކެވެ.
