ބޭނުންވާ ތަކެތި:

1 ސްކޫޕް އައިސް ކްރީމް

1 މޭޒުމަތީ ސަމުސާ ހިކި ކިރު

1/2 ޖޯޑު މޭޒުމަތީ ސަމުސާ ހަކުރު

1 ތަށި އައިސް ފެން

1 މޭޒުމަތީ ސަމުސާ ސްޓޯބެރީ ޝޭކް ޕައުޑާ

3 އައިސް ކިއުބް

ތައްޔާރު ކުރާނެ ގޮތް:

ފެން، ހަކުރު، ސްޓޯބެރީ ޕައުޑަ، ހިކި ކިރު، އެއްކޮށް މިކްސަރުން ގިރާލުމަށް ފަހު ތަށްޓަށް އައިސް ކިއުބް ލާފައި ގިރާފައި ހުރި ބައި ތަށްޓަށް އަޅާލުމަށް ފަހު އައިސް ކްރީމް ސްކޫޕް މައްޗަށް ލާފައި ސާވް ކުރާށެވެ.