ޔޫރަޕްގެ ސްޕެއިންގައި ”މަންކީ ޕޮކްސް“ ނުވަތަ މަކުނުވިދުރި ޖެހުނު މީހުންގެ އަދަދު 120އަށް އަރައިފިއެވެ.
ވީކެންޑް ތެރޭގައި އެކަނިވެސް އެގައުމުން، 22 މީހަކަށް ވަނީ މި ބަލި ޖެހިފައެވެ. ޕޯޗުގަލްއަށް ބަލާއިރު، އެގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނާ ގޮތުގައި، އިތުރު 22 މީހަކަށް މަކުނުވިދުރި ޖެހި، ބަލީގެ ކޭސްތަކުގެ އަދަދު ވަނީ 96އަށް އިތުރުވެފައެވެ.
މަކުނުވިދުރި ބޮޑަށް ފެތުރެނީ އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައިކަން ފާހަގަކުރެވިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.
