އިންޑިއާ ސަރުކާރުން ރާއްޖޭގައި ފައްޅި އެޅުމުގެ ހުއްދައަށް އެދިއްޖެނަމަ، އެކަން ކޮށްދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މުހައްމަދު މިފަދައިން ވިދާޅުވެފައިވަނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ(ބީޖޭޕީ)ގެ ތަރުޖަމާނު ނުޕޫރު ޝަރުމާ ރަސޫލާ(ސ.އ.ވ)އަށް ޓީވީ ބަހުސެއްގައި ފުރައްސާރަ ކުރިއިރު، ސަރުކާރުން އެކަން ކުށްވެރި ނުކުރާތީ، މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލުމުންނެވެ.
މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހަށް އާދަމް ޝަރީފު ހުށަހެޅުއްބި ކުއްލި މައްސަލަ ބަލައިގަތުމަށް ދިން ވޯޓުން ސާބިތު ކޮށްދިނީ އިންޑިޔާ އިން ރާއްޖޭގަ ފައްޅި އެޅުމުގެ ހުއްދަ އަށް އެދިއްޖެ ނަމަ މިސަރުކާރުގެ ސުޕަރ މެޖޯރިޓީ މެމްބަރުން އެކަމުގެ ހުއްދަދޭ ބިލު މަޖިލީހުން ފާސްކޮށްދޭނެ ކަން ކަމަށެވެ.
މިއަދުގެ މަޖިލިސްއަށް ހުށައެޅި ކުއްލި މައްސަލަ ބަލައިގަތުމަށް ދިންވޯޓުން ސާބިތު ކޮށްދިނީ އިންޑިޔާ އިން ރާއްޖޭގަ ފައްޅި އެޅުމުގެ ހުއްދަ އަށް އެދިއްޖެ ނަމަ މިސަރުކާރުގެ ސުޕަ މެޖޯރިޓީ މެމްބަރުން އެކަމުގެ ހުއްދަދޭ ބިލް މަޖިލީހުން ފާސްކޮށްދޭނެ ކަން. #ޢިންޑިޔާއައުޓް
— Mohamed Ismail (@Muhmed_Ismail) June 6, 2022

މުހައްމަދު ތި ވިދާޅުވާ ފައްޅިއެއް މިހާރު އޮންނާނީ އަޅާފާ.