ޓްވިޓަރއަށް ”ސައިން އިން“ ނުވެ، ޓްވީޓްތައް ނުކިޔޭނެ ގޮތް ހަދައިފިއެވެ. މި ބަދަލާއެކުގައި، ކުރިން ޓްވިޓަރ އެކައުންޓެއް ނެތި، އެ އެޕަށް ވަދެ، ޓްވީޓްތައް ކިޔައި އުޅުނު ފަދައިން، ދެން ނުކިޔޭނެއެވެ.
އެޕްލިކޭޝަނަށް ގެނައި މި ބަދަލާއި ގުޅޭގޮތުން، ޓްވިޓަރގެ ވެރިޔާ އީލޮން މަސްކް ބުނީ، މިއީ ”ވަގުތީ އިމަޖެންސީ“ ފިޔަވަޅެއް ކަމަށެވެ.
ޓްވިޓަރ އިން މިފަދަ ބަދަލެއް ގެނެސްފައިވާއިރު، އީލޮން މީގެ ކުރިން ވަނީ ޓްވިޓަރގެ ޑޭޓާ ނަހަމަ ގޮތުގައި އެތައް ބަޔަކު ބޭނުންކުރާތީ އެކަމުގެ ކަންބޮޑުވުންފާޅުކޮށްފައެވެ.
މަސްކްގެ ބެލުމުގެ ދަށަށް ޓްވިޓަރ އައުމާއެކު، އެ ފްލެޓްފޯމް ދޫކޮށްދިޔަ އެޑްވަރޓައިޒަރުން ހޯދުމަށްޓަކައި އެ ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
