ތިޔައީ ދިވެހި ކެއުންތަކަށް ލޯބި ކުރާ ފަރާތެއް ނަމަ، ގަދަޔަށް ތެލުލައިފައި ހުންނަ މަސް ޔަގީނުންވެސް ކާނެއެވެ. ”ޑީޕް ފްރައިޑް ފިޝް“ ކާއިރު، ”ޑީޕް ފްރައިޑް އައިސްކްރީމް“ ކާން ހިތަށް އަރާހެއްޔެވެ؟ މިވެސް އަޖުމަ ބަލާލުން ވަރަށް ރަނގަޅު، މީރު ޑެޒަޓެކެވެ.

ޑީޕް ފްރައިޑް އައިސްކްރީމް ތައްޔާރުކޮށްލަންވެސް ހަމަ އެހާ ފަސޭހަވާނެއެވެ. މިއަށް މާ ގިނަ އިންގްރިޑިއަންޓެއް ބޭނުމެއް ނުވެއެވެ.

މި ލިންކުން، މި އައިސްކްރީމް ތައްޔާރު ކުރާ މަންޒަރު ފެންނަ ވީޑިއޯ ބަލައިލެވޭނެއެވެ. 

އައިސްކްރީމް ތެލުލަނީ މުގުރާފައި ހުންނަ ކޯންފްލޭކްސްއަށް ލުމަށް ފަހުގައެވެ. ކްރިސްޕީ ރަހައެއް އަންނަ ގޮތަށް ތެލުލުމުގެ ކުރިން، ބިހަށްވެސް ލައެވެ. ވީޑިއޯގައި ބޭނުން ކޮށްފައިވަނީ ވެނީލާ ފްލޭވަރ އައިސްކްރީމެވެ. ކޮންމެ ފްލޭވަރއެއްވެސް ބޭނުންކުރެވިދާނެއެވެ.

ބޮޑު ސްކޫޕެއް ނެގުމަށްފަހު، މުގުރި ކޯންފްލޭކްސް ތެރެއަށްލައި، ވައްކޮށް ގުޅަ ޖަހާލާށެވެ. އެއަށްފަހު، ދެ ބިސް ތައްޓަކަށްލައި ގިރާލުމަށްފަހު، އައިސްކްރީމް ސްކޫޕް އެއަށްލައި، އަނެއްކާވެސް މުގުރާފައި ހުރި ކޯންފްލޭކްސް ތައްޓަށްލުމަށްފަހު ތެލުލާށެވެ. މުށި ކުލަ އަރަންދެން ތެލުލުމަށްފަހު ނަގައި، އޭގެ މައްޓަށް ޗޮކްލެޓް ސިރަޕް އަޅައި، ނަޓްސް ކޮޅެއް އެޅުމަށްފަހު، ވިޕްކްރީމް ކޮޅެއް އަޅާށެވެ. ބޭނުންނަމަ، ޓޮޕަށް ޗެރީއެއްވެސް ލެވިދާނެއެވެ.