ބޭނުންވާ ތަކެތި:

1 ދޮންކެޔޮ

4/3 ޖޯޑު ޗޮކްލެޓް އައިސްކްރީމް

4/3 ޖޯޑު ޗޮކްލެޓް މިލްކް

2 މޭޒުމަތީ ސަމުސާ ޗޮކްލެޓް ސިރަޕް

6 އައިސްކިއުބް

1 ސައިސަމުސާ ކޮކޯ ޕައުޑާރ

ތައްޔާރުކުރާނެ ގޮތް:

މިކްސްޗަރަށް ދޮންކެޔޮ، އައިސްކިއުބް، ޗޮކްލެޓްމިލްކް، އައިސްކްރީމް، އަޅާ ރަނގަޅަށް އޮލަވަންދެން ބްލެންޑްކޮށްލާށެވެ. އެއަށްފަހު ޗޮކްލެޓް ސިރަޕް ބޭނުންކޮށްލައިގެން ބިއްލޫރިތަށްޓެއްގެ އެތެރެ ޑިޒައިންކޮށްލާށެވެ. ޑިޒައިންކޮށްލި ތަށިތެރެއަށް މިކްސްޗަރުގައި ހުރި ސްމޫތީ އަޅާލުމަށްފަހު މައްޗަށް ކޮކޯ ޕައުޑާރ ކޮޅެށް ބުރުވާލާށެވެ. އެއިރުން އެ ހުރީ ޗޮކްލެޓް ސްމޫތީ ތައްޔާރުވެފައެވެ.