ގަވާއިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދިޔަ ސްރީލަންކާގެ މަސްބޯޓެއް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް(އެމްއެންޑީއެފް)އިން ހިފަހައްޓައިފިއެވެ.

Ads by Asuru

އެމްއެންޑީއެފުން ބުނީ ޖުމްލަ ހަ ފަޅުވެރިން ތިބި ލަންކާގެ މަސްބޯޓު މިހާރު ކޯސްޓްގާޑު ޝިޕް ހުރަވީގެ ބެލުމުގެ ދަށުން ލ. ކައްދު އަށް ދަތުރުކުރަމުން އަންނަ ކަމަށެވެ. މި ބޯޓް ކޯސްޓްގާޓުން އަތުލައިގަތީ މ. މުލިން 76 ނޯޓިކަލް މޭލު އިރުންނެވެ.

ލަންކާގެ މި ބޯޓާ ބެހޭ މަޢުލޫމާތު ކޯސްޓްގާޑަށް ހިއްސާކުރީ ”އަލަމޫ 2“ ނަމަކަށް ކިޔާ ދޯންޏަކުންޏެވެ.