އަޅުވެތިކަމުގެ ދެވަނަ ދައުރެއް ބޭނުންވާ ރައްޔިތަކު މި ގައުމުގައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު ހަލީލު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހަލީލު މިފަދައިން ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު، ކޯލިޝަނާ ގުޅިގެން ކާމިޔާބު ކުރެއްވޭނެކަން އެމަނިކުފާނަށް ޔަގީންވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވުމާ ގުޅިގެންނެެވެ.
އަޅުވެތިކަމުގެ 2 ވަނަ ދައުރެއް ބޭނުންވާ ރައްޔިތަކު މިޤައުމުގައި ނެތް.
— Abdulla Khaleel (@abkhaleel) June 8, 2022
ރައީސް ސޯލިހު ވަނީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އަންނަ އަހަރުގެ ރިޔާސީ ރޭހަށް ނުކުމެވަޑައިގަތުމުގެ ޝައުގުވެރިކަން ފުރަތަމަ ފަހަރަށް ފާޅު ކުރައްވައިފައެވެ. ރައީސް ވިދާޅުވީ އެމްޑީޕީން 2023 ކާމިޔާބު ކުރަން އެދޭނަމަ، ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށެވެ.
ޚަލީލުރިޔާސީއިންތިޚާބުހޯދަންވޯޓަށްބަހަންގެނައިބުރީފުގައިފުރައިހުރިރުފިޔާދެއަންހެނުންނަށްދީފައިބާކީހުރިރުފިޔާޕީޕީއެމްއޮފީހާހަވާލުކުރިންތަ