ރަޝިއާއިން ޔޫކްރެއިންގައި ދިން މިސައިލް ހަމަލާތަކެއްގައި 8 މީހުން މަރުވެ، 31 މީހުން ޒަހަމް ވެއްޖެއެވެ.
މި ހަމަލާ ދީފައިވަނީ ޔޫކްރެއިންގެ ޑޮނެސްކް ރީޖަންގެ ޕޮކޮވްސްްކް ސިޓީގެ މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށެވެ.
ފަސް ފަންގިފިލާގެ އިމާރާތަކަށް ދިން މި ހަމަލާގައި މަރުވީ އާއްމުންގެ ފަސް މީހުންނާއި، ދެ ރެސްކިޔު ވޯކަރުންގެ އިތުރުން ސިފައިންގެ މީހެކެވެ.
މި ހަމަލާއާއި ގުޅިގެން ނެރުއްވި ބަޔާނުގައި ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒޮލޮންސްކީ ވިދާޅުވީ، ރަޝިއާއިން އަމާޒު ހިފައިފައި ވަނީ އިރުމަތީ ޔޫކްރެއިންގެ ދުވަސް ދުއްވާލުމަށް ކަމުގައެވެ.
