އިލެކްޓްރޯނިކް ސާމާނު މަރާމާތު ކޮށްލަން ބޭނުންހެއްޔެވެ؟އޭސީ ހަލާކުވީ ހެއްޔެވެ؟ ދޮންނަމެޝިނުން ދުން އަރަނީ ހެއްޔެވެ؟ތިޔަ ދިމާވެގެން އުޅޭ މައްސަލައިގެ ހައްލަކީ ޑްރީމް ޓީމެވެ.
ކޮންމެ ބްރޭންޑެއްގެ އެއްޗެއްވެސް މަރާމާތު ކުރުމުގެ މަސައްކަތް ޑްރީމް ޓީމުން ކޮށްދެނީ އިތުބާރާ ޔަގީންކަމާއެކުއެވެ.
އިލެކްޓޯނިކްސް ސާމާނު މަރާމާތު ކުރުމުގެ މަސައްކަތުގައި މި ޒުވާނުންގެ ޓީމުން ގެންގުޅެނީ އެންމެ ގާބިލު، ހުނަރުވެރިންނެވެ. މާލެ ޖަލާއި ހުޅުމާލެ ޖަލާއި ބޮޑެތި ގެސްޓް ހައުސްތަކާއި ހުޅުމާލޭގެ ބައެއް ތަންތަނުގެ އިލެކްޓޯނިކް ސާމާނު މަރާމާތުކޮށްދީ، ސާވިސް ކޮށްދިނުމުގެ ހިދުމަތް މި ޓީމުން ދެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓްތަކުގެ އޭސީގެ މަސައްކަތްތަކާއި އެހެން ހިފާގެންގުޅޭ ސާމާނު އެންމެ ހެޔޮ އަގުގައި، އަދި އެހައިމެ އެންމެ އަވަހަށް މަރާމާތު ކޮށްދިނުމުގެ ހިދުމަަތް ވެސް ޑްރީމް ޓީމުން ފޯރުކޮށްދެއެވެ.
ޑްރީމް ޓީމުން ބުނިގޮތުގައި، އެ ކުންފުނީގެ އަމާޒަކީ ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ހިތްހަމަޖެހޭ ފަދަ ހިދުމަތެއް ދިނުމެވެ.

މި ޒުވާާން ޓީމުގެ ފަހަތުގައި ވަނީ ކޮންބައެއް؟
ޑްރީމް ޓީމު ވުޖޫދަށް ގެނެސްފައިވަނީ ހދ. ނޮޅިވަރަމްފަރަށް އުފަން ހުސައިން ޝާނާއި އެއްމާބަނޑު ބޭބެ ހަސަންޝާމެވެ. މި ދެ ޒުވާނުންގެ ވިޔަފާރި ކޮޅަށް ޖެހީ ފައިސާ އެއްކޮށްގެން، މަސައްކަތަށް ބޭނުންވާ ސާމާނު ގަނެގެން، އާދައިގެ ގޮތަކަށް ފެށި މަސައްކަތުގެ ތެރެއިންނެވެ.
ޑްރީމް ޓީމުން މަރާމާތު ކުރަނީ ކޯޗެއް؟
ދޮންނަމެޝިނާއި، އޭސީ، އައިސް ކޮންޓެއިނަރާއި އަވަނާއި، އިންޑޯ އަދި އައުޓްޑޯ ބޯޑުވެސް މި ޓީމުން މަރާމާތު ކޮށްދެއެެވެ. މި ކުންފުނިން އެންމެ އަވަހަށް ދޭ އެއް ހިދުމަތަކީ އޭސީ ސާވިސް ކޮށްދިނުމުގެ ހިދުމަތެވެ. މިގޮތުން 24 ގަޑިއިރުގެތެރޭގައި 10 އޭސީ ނައްޓައި ސާވިސް ކޮށްދީފައިވެސް ވެއެވެ.

ކަސްޓަމަރުން ބުނަނީ ކީކޭ؟
ޑްރީމް ޓީމުގެ މަސައްކަތްތަކުގެ އަޕްޑޭޓް، އެ ކުންފުނީގެ ފޭސްބުކް ޕޭޖުން ފެންނަން ހުންނާނެއެވެ. ޑްރީމް ޓީމުން ބުނީ، އެކުންފުނީގެ ހިދުމަތްތަކަށް މިއަދު ކަސްޓަމަރުންގެ އިތުބާރު ވަރަށް ބޮޑު ކަމަށާއި، ހިދުމަތާއިމެދުގައި ހިތްހަމަޖެހޭކަން ކަސްޓަމަރުން ފާހަގަކުރާ ކުރާ ކަމަށެވެ.
