ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް(އެމްއާރްއެމް)ގައި ގާނޫނު ބުނާ އަދަަދަށް މެމްބަރުން ތިބުމުން އެޕާޓީ ވުދޫދުން ގެއްލިގެން ދިޔުމުން ސަލާމަތް ވެއްޖެއެވެ.

Ads by Asuru

އީސީން އެމްއާރްއެމްގެ ރައީސް އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫނަށް ފޮނުއްވި ސިޓީއެއްގައި ވަނީ ގާނޫނުގައި ބުނާ އަދަދު ކަމުގައިވާ 3،000 މެމްބަރުން ހަމަނުވެގެން، އުވާލުމުގެ ކުރިން، އެމްއާރްއެމަށް މިދިޔަ މާޗުމަހުގެ 14 ވަނަ ދުވަހު، ފޮނުވި އެންގުމުގައި މެމްބަރުން ހަމަ ކުރުމަށް އަންގާފައިވަނިކޮށް، 3000 މެމްބަރުން ހަަމަކޮށްފައިވާ ކަމަށެވެ.

”ތިޔަ ޕާޓީ އަކީ ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ހަމަވާ ޕާޓީއެއް ކަމުގައި ދެންނެވީމެވެ.“ އީސީގެ ސިޓީގައިވެއެވެ.

އީސީން ވަނީ، މެމްބަރުން ހަމަނުވާތީ އެމްޓީޑީ އަދި ޑީއާރްޕީއަށްވެސް ނޯޓިސް ފޮނުވައިފައެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް އޮތްއިރު، އޭގެ ތެރެއިން ގިނައީ 10،000 މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކެވެ. ގާނޫނުގައި ބުނާގޮތުން 3،000 މެމްބަރުން ތިބި ކަމުގައިވާ ނަމަ އިލެކްޝަންސްގެ ދަފްތަރުގައި ޕާޓީ ހިމެނޭނެ އެވެ. ނަމަވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.