ނަމާދަކީ ހަރުކަށި ފިކުރުގެ އަމަލެއް ކަމަށް ސިފަވާ ގޮތަށް ދަރިވަރުންނަށް ވިސްނައިދޭން މަސައްކަތް ކުރި މީހުންނަށް ފިޔަވަޅު އެޅުމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ގޮވާލައްވައިފިއެވެ.
ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނަމާދު ވަގުތަށް އަދާކުރުމަކީ ކީރިތި ގުރުއާނުގެ ނައްސު ލާޒިމު ކަމެއް ކަމަށެވެ.
”އެއީ ހަރުކަށި ކަމެއްކަމަށް ސިފަކުރުމަކީ ޤުރުއާނަށް ގޮންޖަހަން މަސައްކަތްކުރުން. އެބަޔަކާއިމެދު ދީނީ ވަޙުދަތު ނަގާލުމުގެ ކުށުގައި ފިޔަވަޅު އަޅަންޖެހޭ.“ ޖަމީލު ވިދާޅުވިއެވެ.
ނަމާދު ވަގުތަށް އަދާކުރުމަކީ ކީރިތި ގުރުއާނުގެ ނައްޞުން ލާޒިމްކަމެއް. އެއީ ހަރުކަށި ކަމެއްކަމަށް ސިފަކުރުމަކީ ގުރުއާނަށް ގޮންޖަހަން މަސައްކަތްކުރުން. އެބަޔަކާއިމެދު ދީނީ ވަޙުދަތު ނަގާލުމުގެ ކުށުގައި ފިޔަވަޅު އަޅަންޖެހޭ. pic.twitter.com/hUvm2Jvnra
— Mohamed Jameel Ahmed (@MJameelAhmed) June 13, 2022
ޖަމީލު މިހެން ވިދާޅުވީއިރު، ”ހަފްތާރެސް“ ނަމުގައި ޔޫތު މިނިސްޓްރީން ހިންގި ޕްރޮގްރާމްގެ ތެރެއިން، ރ.އުނގޫފާރު ސްކޫލްގެ ދަރިވަރުންނަށް ވަނީ، ސްކޫލް ވަގުތުގައި ނަމާދު ކުރުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއް ކަމުގައި ކިޔައިދީފައެވެ.
އަދި ސްކޫލް އެސެމްބްލީގައި ލަވަ ކިޔުމުގައި ބައިވެރި ނުވުމާއި، ތުނބުޅި ދިގު ކުރުން ވެސް އެއީ ހަރުކަށި ފިކުރަށް ދަރިވަރު ލެނބެމުން އަންނަކަން އަންގައިދޭ ކަމެއް ކަމަށް ކިޔައިދީފައިވެއެވެ.
މިކަން ޔޫތު މިނިސްޓްރީން ދޮގު ކުރިއިރު، މި ޕްރޮގްރާމްގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ޔޫތު މިނިސްޓްރީން މީގެ ކުރިން ހިއްސާ ކުރި ޓްވީޓެއްގައި ފެނެއެވެ.
އެ ފޮޓޯގައި ފެންނަނީ ހަރުކަށި ފިކުރުގެ އަލާމާތްތަކުގެ ގޮތުގައި، ވަގުތަށް ނަމާދު ކުރުން ހިމަނައި ކިޔަވައިދޭ މަންޒަރެވެ. ޔޫތު މިނިސްޓްރީން ފަހުން މި ޓްވީޓު ވަނީ ޑިލީޓް ކޮށްފައެވެ.
ދިވެހިސަރުކާރުން ނަމާދުކުރުމަކީ ހަރުކަށި ނޫން ތަބިކައްޓޭ ބުންނަސް އިންޝާﷲ ނަމާދުގާއިމުކުރެވޭތޯބަލާނަން ސަރުކާރުގެ ތެރޭން ހަރުކަށިފިކުރުކަމައް ބުނާ ބަޔަކަށް ﷲގެ ކޯފާއެއް ނުފޮނުއްވަނީސް ތައުބާވުމަށް ގޮވާލަން