ވިލިމާލެ ކައުންސިލަރު ނަހުލާ އަލީ މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާ ބައްދަލު ކުރައްވައިިފިއެވެ.
ނަހުލާ ކުރެެއްވި ޓްވީޓެއްގައި ވަނީ މި ބައްދަލުކުރެއްވުމުގެ މަންޒަރުތައް ފެންނަ ފޮޓޯތަކެއް ހިއްސާ ކުރައްވައި، ދެބޭފުޅުންގެ މެދުގައި މަޝްވަރާ ދެކެވުނު މުހިންމު ވާހަކައެއް ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ވިލިމާލޭގެ ބައެއް ގޭގެއަށް ލިބޭ ސަޕްލައި ފެނުގެ ކުލަ ބަދަލުވެ، ނުސާފު ވުމުގެ ސަބަބުން އެކަން ރައްޔިތުންގެ ފަރާތުން ހިއްސާކޮށްފައިވާތީ، އެކަމާ ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށް ނަހުލާ ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭ އިތުރު މައުލޫމާތެއް އޭނާ ނުދެއްވައެވެ.
ވިލިމާލޭގައި ބައެއް ގޭގެއަަށް ލިބޭ ސަޕްލައި ފެނުގެ ކުލަ ބަދަލުވެ ނުސަާފުވުމުގެ ސަބަބުން އެ ކަން ރައްޔިތުންގެ ފަރާތުން ހިއްސާ ކޮއްފައި ވާތީ އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހް އާއި ބައްދަލު ކޮށް އެކަން ވަނީ ހިއްސާ ކޮއްފަ pic.twitter.com/VDDnz6YRSl
— Nahula Ali (@nahu_ali) June 13, 2022
ނަހުލާ ވިދާޅުވި ގޮތުގައި، އޭނާ އަބަދުވެސް މަަސައްކަތް ކުރައްވާނީ ވިލިމާލޭގެ ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލު ކޮށްދެއްވުމަށެވެ.