ތަކެތީގެ އަގުތައް ބޮޑުވިޔަސް، ދިވެހި ރައްޔިތުންނަށް އެކަން އިހްސާސްވަމުންދޭތޯ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ސުވާލު އުފައްދަވައިފިއެވެ.

Ads by Asuru

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދައުލަތުގެ މާލިއްޔަތު ގާނޫނަށް ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ

ސަރުކާރުން މިހާތަނަށް ގެނެސްފައިވާ އިސްލާހުތައް ބެލުމުން، ސަރުކާރުގެ މަގުސަދަކީ އިތުބާރު ގެއްލިފައިއޮތް ރާއްޖޭގެ މާލީ ނިޒާމު ހަމަ މަގަށް އެޅުވުންކަން އެނގޭ ކަމުގައެވެ. އަދި

މުޅި ދުނިޔެއަށް ދިމާވާ ކޮންމެ ދައްޗެއްގައި ރާއްޖެވެސް ތަހައްމަލު ކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށް ވިދާޅުވެ، ތަކެތީގެ އަގުތައް އުފުލުނަސް ރައްޔިތުންނަށް އެކަން އިހުސާސް ނުކުރެވޭ ކަަމަށް ވިދާޅުވިއެވެ.

”ކާބޯތަކެތީގެ އަގު ބޮޑުވާކަން ދިވެހި ރައްޔިތުންނަށް އެބަ އިހުސާސް ކުރެވޭތޯ؟ އަގު ބޮޑުވޭ، އެއްވެސް ޝައްކެއް ނެތް. އެހެންނަމަވެސް ދިވެހި ސަރުކާރުގެ ވިސްނުންތެރިކަމާ ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން، ދެފުއްފެންނަ ސިޔާސަތުތަކުގެ ސަބަބުން މިކަންކަން ހައްލު ކުރެވިގެން މިދަނީ.“

ސަލީމްގެ ވާހަކައިގައި ގައުމު އޮތް ހާލަތުން އަރައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރައްވާ މަސައްކަތްތަކަށް ތައުރީފު ކުރެއްވިއެވެ.