ނަމާދު ވަގުތު ޖެހުމުން، ރައްޔިތުންގެ މަޖިލީހުގައި ބަންގީގެ އަޑު އިއްވަން ފެށުމުން، ދާރިސް ޓީވީގެ ސްޓޭޝަން މެނޭޖަރު، އަދި ދީނީ ކަންކަމަށް މީހުން ހޭލުންތެރި ކުރުވަން މަސައްކަތް ކުރައްވާ އަލީ ރަމީޒު ތައުރީފު ކުރައްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ދަނިކޮށް މެންދުރު ނަމާދު ވަގުތު ޖެހުމުން މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު ވަނީ އިއްވާފައެވެ. ބަންގީގެ ވަގުތު ޖެހުމާ އެކު ޖަލްސާ މެދުކަނޑާލީއެވެ. އޭރު މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު، އިބްރާހީމް ޝުޖާއު ގެންދެވީ ވާހަކަ ދައްކަވަމުންނެވެ.
މިއީ މިފަދަ ގޮތަކަށް މަޖިލީހުން ބަންގީގެ އަޑު އިއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
އަލީ ވަނީ، މިކަން ފާހަގަކުރައްވައި، އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އަދި މި ތާރީހު ބަދަލަށްޓަކައި، މަޖިލީހުގެ މެމްބަރުންނަށް ހެޔޮ ޖަޒާ މިންވަރު ކުރެއްވުން އެދި އޭނާ ދުއާ ކުރެއްވިއެވެ. އަދި ނަމަ ނަމަ، ނަމާދު ނޭޅުމަށް ވެސް، އޭނާ އިލްތިމާސް ކުރެއްވިއެވެ.

