ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ހުޅުމާލެ ފޭސްޓޫއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by Asuru

އެމަނިކުފާނު މިރޭ ފޭސް ޓޫއަށް ވަޑައިގަންނަވަނީ އެމްޓީސީސީން ހުޅުމާލޭ ފޭސް 2، ލޭންޑް ޓްރާންސްޕޯޓް ސޮލިއުޝަން“ ގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިރޭ 8:30ގައި އޮންނަ މި ރަސްމިއްޔާތާ ގުޅިގެން، ފޭސް ޓޫގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ހުޅުމާލެ ފޭސް ޓޫ އަކީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަޅާފައިވާ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދެވެ. މިއީ އެމަނިކުފާނު އެސަރަހައްދަށް ރަސްމީ ގޮތުން ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.