އެއްގޮތެއް ނެތިއްޔާ އަނެއް ގޮތެއް ހޯދައިގެންވެސް ރައްޔިތުން އެދޭ އަމާޒަށް ވާސިލުވާން މަސައްކަތް ކުރައްވާނެ ކަމަށް މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by Asuru

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް މާލެ ސިޓީ ކައުންސިލަށް ހުރި ހުރަސްތައް ގިނައިރު، މިކަމާ ގުޅޭގޮތުން އޮންލައިން ނޫހަކުން ޝާއިއު ކުރި ޚަބަރަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މޭޔަރު ވަނީ މިކަމުގައި އެއްގޮތުން ނުވިއްޔާ އެހެން ގޮތެއް ހޯދައިގެން ވެސް، މަސައްކަތް ކުރެވޭތޯ އަބަދުވެސް ބައްލަވާނެ ކަމަށެވެ.

އިންޝާﷲ ރައްޔިތުން އެދޭ އަމާޒުތައް ހާސިލު ކުރުމުގައި ހުއްޓާނުލާ މަސައްކަތް ކުރާނަން.

މާލޭގެ މަގު ހެދުމުގެ މަޝްރޫއު އަލުން ފެށޭތޯ ސިޓީ ކައުންސިލުން ސަރުކާރުގައި އެދެމުން އަންނަތާ އެތައް ދުވަހެއް ވަނީ ވެފައެވެ. އެގޮތުން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ކައުންސިލުން ދަނީ އެކަމަށް މަސައްކަތް ކުރަމުންނެެވެ.

ބަޖެޓް ފާސްކޮށްދީފައި އޮތް މަޝްރޫއުއެއް ނުފެށި ލަސްވަމުންދާތީ މޭޔަރު މީގެ ކުރިންވެސް އެކި ޕްލެޓްފޯމްތަކުގައި މިވާހަކަ ވަނީ ދައްކަވައިފައެވެ.